News / އެފްޑީސީގެ "އަމާން އުދަރެސް" ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ
FDC

އެފްޑީސީގެ "އަމާން އުދަރެސް" ޓަވަރުތަކުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ

Published on 11 September 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ޓަވަރުތަކުގެ ތެރެއިން "އަމާން އުދަރެސް"ގެ ހުރިހާ ޓަވަރެއްގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެއެވެ.  

އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓާނޭޝަނަލް ލިމިޓަޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްގެން ތަރައްޤީކުރަމުންދާ މި ޓަވަރުތަކުގެ އެންމެ ފަހު ސްލެބް އަޅާ ނިމުނީ އިއްޔެގެ ވަގުތެއްގައެވެ.

"މި ނިންމާލެވުނީ ކޭޕީއައިއެލްގެ 16 ޓަވަރުގެ ސްޓްރަކްޗަރަލް މަސައްކަތް. އަޅުގަނޑުމެންގެ ހުރިހާ ރިސޯސްތަކެއްދެން ބޭނުންކުރެވިގެންދާނީ ފިނިޝިން މަސައްކަތްތަކަށް. އެހެންކަމުން ފިނިޝިންގ މަސައްކަތްތަށް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ހުރިހާ ޔުނިޓްތަށް ކަނޑައަޅާފައިވާ ވަގުތަށް ނިންމާ ހަވާލު ކުރެވިގެންދާނެ" އެފްޑީސީގެ ޑިރެކްޓަރ، ޕްރޮޖެކްސްޓްސް ޙަސަން މާނިޙް އުމަރު ވިދާޅުވިއެވެ.

މި ނިންމާލެވުނު މަސައްކަތުގެ އިތުރު ތަފްސީލް ދެއްވަމުން އެފްޑީސީގެ  މެނޭޖަރ ޕްރޮޖެކްޓްސް،  މުޙައްމަދު  ހައިކަލް  އިބްރާޙިމް ވިދާޅުވީ މި  16  ޓަވަރުގެ  ސްޓްރަކްޗާތައް  އަވަހަށް  ނިމުމުގެ  މައިގަނޑު  ސިބަބަކީ  އެލުމިނިއަމް  ފްރޭމްވޯކް  ކޮންސްޓްރަކްޝަން  މެތަޑް ބޭނުންކޮށްފައިވާތީކަމަށެވެ. ‎

މީގެއިތުރުން، ކޭޕީއައިއެލްގެ ފަރާތުން ވާހަކަދައްކަވަމުން ޕްރޮޖެޓް ޑިރެކްޓަރ ތަންގަރާޖް ކަރްތިކެޔަން ވިދާޅުވީ، މި ހުރިހާ ޓަވަރުތަކެއް ވެސް  ކަނޑައެޅިފައިވާ  ވަގުތައް  ނިންމައިފައިވާއިރު،  މި  ޓަވަރުތައް  ނިންމާފައިވަނީ ކޮލިޓީއަށް ބުރޫނާރާ ގޮތަށެވެ. މިކަން ޙާޞިލުކުރުމަށްޓަކައި އެފްޑީސީއިން  ވަރަށް ބޮޑު އެއްބާރުލުމެއް ދީފައިވާކަމަށްވެސް ކަރްތިކެޔަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިއެފްޑީސީއިން އިމާރާތްކުރަމުންދަނީ ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރެވެ.  މި 32 ޓަވަރު ތަރައްޤީކުރުމަށް އިންޑިއާގެ ދެކުންފުންޏެއް ކަމަށްވާ ކޭޕީއައިއެލް އަދި އެންބީސީސީއާ ވަނީ 2021 ވަނަ އަހަރު ހަވާލުކޮށްފައެވެ. އެގޮތުން ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީއިން ތަރައްގީކުރަމުންދާ 16 ޓަވަރަށް އަމާން ދޯދީގެ ނަމުން ނަންދެވިފައިވެއެވެ.

 މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް މި ކޯޕަރޭޝަނުން އަންދާޒާ ކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރަށެވެ.